ޚަބަރު

ނައިބް ރައީސް ހއ.މޮޅަދުއާއި އުލިގަމަށް ވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މި ދަތުރުފުޅަކީ މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގެ ޙާލަތު ގާތުން ދެނެގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ހއ.މޮޅަދުއަށް ވަޑައިގެން އެމަނިކުފާނުވަނީ ރަށުގެ ކައުންސިލާއި ބައްދަލުކުރައްވައި، ރަށްރަށަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

ނާއިބުރައީސްގެ މިދަތުރުފުޅުގައި މިހާތަނަށް ވަނީ ހއ.މޮޅަދުއަށް ވަޑައިގަންނަވާފައެވެ. ނާއިބް ރައީސް ވަނީ މޮޅަދޫ ސްކޫލާއި، ސިއްޙީ މަރުކަޒާއި އިންޖީނުގެއަށް ޒިޔާރަށް ކުރައްވާފައެވެ. އަދި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޚިދުމަތްތައް ރަނގަޅު ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ އުލިގަމަށާއި ތުރާކުނަށާއި ހޯރަފުއްޓަށާއި މާރަންދޫއަށާއި އިހަވަންދޫއަށެވެ.
މި ދަތުރުފުޅުގެތެރެއިން ހއ.އިހަވަންދުއާއި ހޯރަފުށީގައި ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބްރައީސް ގެންދަވަނީ އެކި އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުގެ ސިލްސިލާ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން މީގެކުރިންވެސް އެމަނިކުފާނު ވަނީ އައްޑުއާއި، ފުވައްމުލަކާއި، ހުވަދުއަތޮޅާއި ހދ.އަތޮޅަށްވެސް ޒިޔާރަތްކުރައްވާފައެވެ.