ވިޔަފާރި

އިޓަލީގެ ބުލޫ ޕެނެރޯމާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


އިޓަލީގެ ބުލޫ ޕެނެރޯމާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ބުލޫ ޕެނެރޯމާގެ ދަތުރުތައް ފެށުމުގެ ގޮތުން މާދަމާ ރާއްޖެ އަންނަ ބުލޫ ޕެނެރޯމާގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ.

ބަޖެޓް އެއަރލައިނެއްކަމަށްވާ ބުލޫ ޕެނެރޯމާއަކީ 1998 ވަނަ އަހަރުން ފެށިގެން ޚިދުމަތްދެމުން އަންނަ އެއަރލައިނެކެވެ. 34 މަންޒިލަކަށް އެއަރލައިނުން ދަތުރުކުރާއިރު، 16 އެއަރކްރާފްޓެއް އޮޕަރޭޓްކުރެއެވެ.

އިޓަލީގެ އައު އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް މާދަމާ ފަށާއިރު، މިހާރުވެސް އިޓަލީގެ ދެ އެއަރލައިނެއްކަމަށްވާ، އެއަރއިޓަލީ އާއި އަލިޓާލިޔާގެ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އަނެއްކޮޅުން ރާއްޖެ އަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖެ އަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދު ދަނީ ކޮންމެ އަހަރަކުވެސް އިތުރުވަމުންނެވެ.