ކުޅިވަރު

ޕޯޗުގަލް ޓީމަށް އިރުޝާދުދޭން ބޭނުންވާކަމަށް މޮރީނިއޯ ބުނެފި


ކުލަބަކާއި ހަވާލުވުމަށްވުރެ ބޮޑަށް މިހާރު ބޭނުންވަނީ ޤައުމީ ޓީމަކަށް އިރުޝާދުދޭންކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ އަދިވެސް ހުރީ އެއްވެސް ޓީމަކާއި ހަވާލުނުވެއެވެ. ކުރިއަށް އޮތް ސީޒަނަށް ޓީމްތަކުން ތައްޔާރުވަމުން އަންނައިރު މޮރީނިއޯއަށްވެސް ބައެއް ހުށަހެޅުން ލިބުނުކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
ކުރިން ރެއާލް މެޑްރިޑް، ޗެލްސީ އަދި އިންޓަރ މިލާނަށް ކޯޗުކަންކޮށްދިން މޮރީނިއޯ ބުނީ ކުލަބުތަކުގައި ހިތްހަމަޖެހޭވަރަށް ކާމިޔާބީ ހޯދިއްޖެކަމަށާއި، ވިސްނުން މިވަގުތު ހުރީ އެހެން ޗެލެންޖަކަށްކަމަށެވެ. މިގޮތުން ވޯލްޑްކަޕާއި ޔޫރޯގައި ޓީމްތަކަށް އިރުޝާދުދޭން ޝައުގުވެރިކަން އެބަހުރިކަމަށް މޮރީނިއޯ ބުނިއެވެ. މޮރީނިއޯ ބުނީ ކުލަބަކުން ހިތްހަމަޖެހޭ ކަހަލަ ހުށަހެޅުމެއް ލިބިއްޖެނަމަ އެކުލަބަކާއި ހަވާލްވާނެކަމަށެވެ. އެކަމަކު މިހާރު ވިސްނުން ހުރީ ބޮޑެތި ކާމިޔާބީތައް ހޯދުމަށްވުރެ ރަނގަޅު ޓީމްތަކެއް ބިނާކުރުމަށް މަސައްކަތްކުރާ ޓީމްތަކާއި ހަވާލްވުމަށްކަމަށެވެ. 56 އަހަރުގެ ކޯޗުވަނީ ކޯޗުވަނީ ކެރިއަރުގައި ލީގު ތަށި ހަތަރުފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދާފައިއެވެ.