ޚަބަރު

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ


މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ. ހޯމް
މިނިސްޓްރީން ބުނީ، މިރޭ އައްގަޑި ފަންސާސް އެހާކަންހާރު މަރުވެފައިވަނީ، ދ. މާއެނބޫދޫ، ރޯޝަނީގޭ އުމުރުން 23 އަހަރުގެ އަހްމަދު ލިޝާން
ކަމަށެވެ.



ޕީ.އެސް.އެމް އަށް
މަޢުލޫމާތުދެއްވަމުން ހޯމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ރޭ ޖަލުބަލަހައްޓާ
އޮފިސަރުން ގައިދީން ގުނަމުންދަނިކޮށް ލިޝާން މޭގައި ރިއްސާވާހަކަބުނެފައި، ހާލު
ދެރަވުމާއި ގުޅިގެން މާފުށީ ސިއްޚީ މަރުކަޒަށް ގެންދިޔަކަމާށާއި، ޑްކޮޓަރު
ބެލުމަށްފަހު މަރުވެފައިވާކަމަށް ބުނިކަމަށެވެ.



މިމައްސަލަ ފުލުހުން ބަލަން
ފަށާފައިވާކަމަށް ޕޮލިސް މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފައެވެ.



މަރުވި ލިޝާން އަކީ، މަސްތުވާތަކެތީގެ
މައްސަލައަކާއި ގުޅިގެން ދިހަ އަހަރުގެ ޖަލުހުކުމެއްކޮށް ހުކުމް ތަންފީޒް
ކުރަމުންދާ މީހެއްކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.