ކުޅިވަރު

މެލޭޝިޔާގެ ޓީ 20 އިންޓަރ ސްޓޭޓް ލީގްގެ ޗެންޕިއަންކަން ރާއްޖޭގެ ހަސަން ހޯދައިފި


ޓީ 20 އިންޓަރ ސްޓޭޓް ލީގްގެ ޗެންޕިއަންކަން ރާއްޖޭގެ ހަސަން އިބްރާހިމް ހޯދައިފިއެވެ.

މެލޭޝިޔާގެ ސްޓޭޓްތަކުގެ މެދުގައި ކުޅެވުނު މިމުބާރާތުގައި ހަސަން ކުޅެފައިވަނީ ކުއަލަ ލަމްޕޫރް ޓީމަށެވެ. މެލޭޝިޔާގެ ޓީ 20 އިންޓަރ ސްޓޭޓް ލީގްގައި މެލޭޝިޔާގެ 6 ސްޓޭޓަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގުރޫޕްއަކަށް ބަހާލައިގެން ގުރޫޕެއްގައި 3 ޓީމް ހިމެނޭގޮތަށް. 2 ބުރު ކުޅުމަށްފަހު ކޮންމެ ގުރޫޕްއަކުން އެންމެ މޮޅު ދެ ޓީމް ދިޔައީ ސެމީ ފައިނަލްއަށެވެ.
ރާއްޖޭގެ ހަސަން އިބްރާހިމް ކުޅުނު ކުއަލަ ލަމްޕޫރް ފައިނަލްގައި ވާދަކޮށްފައިވަނީ ޕެރާކްއާއިއެވެ. ފައިނަލް މެޗްގައި ޓޮސް ދިމާވުމުން ކުއަލަ ލަމްޕޫރްއިން ގަސްތުކުރީ ކުޅުމަށެވެ. ކުއަލަ ލަމްޕޫރުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 107 ލަނޑު ހެދިއެވެ. ޖަވާބުގައި ޕެރާކްއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދިފައިވަނީ 100 ލަނޑުއެވެ.
މީގެ ކުރިންވެސް ހަސަންވަނީ ރާއްޖެއިން ބޭރުގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. އެގޮތުން ހަސަންވަނީ އޮސްޓްރޭލިއާގައިވެސް ތަމްރީން ހަދާފައިއެވެ.