ޚަބަރު

އެމްޑީޕީ ޕީޖީ ގްރޫފްގެ އިންތިޚާބު އަންނަ މަހު 2 ގައި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތީޚާބު އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.ޑީ.ޕީން ބުނީ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މަޤާމްތަކަށް މެންބަރުން އިންތިޚާބުކުރާ އިންތިޚާބު އޮންނާނީ އަންމަ މަހުގެ 2ވަނަ ދުވަހުކަމަށެވެ. ޢަދި ވޯޓްލުން އޮންނާނީ އެދުވަހު 16:00 - 12:00 ށެވެ.

އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕަށް އިންތިޚާބު ކުރަނީ ލީޑަރާއި ދެ ޑެޕިއުޑީ ލީޑަރުންނާއި، އަމީން އާއްމާއި އަމީން އާއްމުގެ ނާއިބުގެ އިތުރުން ޗީފް ވިޕަކާއި، ވިޕުންގެ ގޮތުގައި 6 މެންބަރުންނެވެ

އެމް.ޑީ.ޕީއަށް ވަނީ 65 މެންބަރުގެ އަޤްލަބިއްޔަތަކާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރުންނާއި ވިޕުންގެ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުންވަނީ ޕާޓީތަކަށް އަންގާފައެވެ.

ޢިދިކޮޅު ޕީޕީއެމްގެ ގ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރަކީ އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް ވަނީ ހޮވާފައެވެ.
ޖުމްހޫރީ ޕާޓީގެ ގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްއެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.