ސިޔާސީ

ފުރަތަމަ ދައުރަށް 17 ބިލެއް ހުށަހަޅާ 12 ބިލެއްގެ މަސައްކަތްނިންމި


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ
ފުރަތަމަ ދައުރަށް 17 ބިލެއް ހުށައަޅައި 12 ބިލެއްގެ މަސައްކަތް
ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.



ރައްޔިތުންގެ މަޖިލިސް މިއަހަރަށް
ހުޅުވާފައި ވަނީ މާޗްމަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭޕްރީލް މަހުގެ ނިޔަލަށް
މަސައްކަތްކޮށް މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، މިއަހަރުގެ ފުރަތަމަ ދައުރަށް
17 ބިލެއް ތަޅުމަށް ހުށައަޅާފައިވެއެވެ.



އޭގެ ތެރެއިން 12 ބިލެއްގެ މަސައްކަތް
މަޖިލީހުން ނިންމާފައިވެއެވެ. އެއީ ހުށައެޅުނު ބިލްތަކުގެ 70.5 އިންސައްތައެވެ.
މިދައުރަށް ސަރުކާރުން ވަނީ ބާރަ މައްސަލައެއްވެސް ހުށައަޅާފައިވެއެވެ. އޭގެ
ތެރެއިން ނުވަ މައްސަލައާއި މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާފައިވެއެވެ.
އެއީ، ސަރުކާރުން ހުށައެޅި މައްސަލަތަކުގެ 70 އިންސައްތައެވެ.



އެހެނިހެން ކަންކަމާއި ގުޅޭ 6 ރިޕޯޓެއް
ތަޅުމަށް ހުށައަޅައި އެހުރިހާ ރިޕޯޓްތަކުގެ މަސައްކަތްތައް ނިންމާފައިވެއެވެ. މި
ހުރިހާ މަސައްކަތްތަކަކީ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށައެޅު މަސައްކަތްތަކުގެ
81.8 އިންސައްތަ މަސައްކަތެވެ. މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ 23
ޖަލްސާއެއް ބާއްވާފައިވެއެވެ. އޭޕްރީލް މަސް ނިންމާ މަޖިލިސް ޗުއްޓީއަށް
ގޮސްފައިވާއިރު، މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.