ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުވުމުގެ މެސެޖް ހުދު ފިނިމެންމަލަކުން


ބައިނަލް އަގުވާމީ މަގުމަތީގެ ރައްކާތެރިކަމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ހދ އަތޮޅު ހެލްތް ސާވިސަސްގެ ފަރާތުން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާ ކުރިމަތީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވަނީ އެ މަގުން ދުއްވާފައި ދިޔަ ބައެއް ވެހިކަލްތައް ހުއްޓުވާ ހުދު ފިނިފެންމަލަކާއި އެކު މަގުމަތީގެ ރައްކާތެރިކަމުގެ މެސެޖްތައް ވަނީ ދީފައެވެ.

މި ހަރަކާތުގައި ކުޅުދުއްފުށީ ހދ އެޓޯލް ހެލްތް ސާވިސަސް އާއި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތތުގައި އިސްކޮށް އުޅުއްވި މުހައްމަދު އަބުދުއް ރަހުމާނު ވިދާޅުވީ މި ހަރަކާތްތަކީ ބައިނަލް އަގުވާމީ މަގުމަތީގެ ރައްކާތެރިކަމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށާއި މި ވެހިކަލް ދުއްވާ ފަރާތައް މަޑުކޮށް ރައްކާތެރި ގޮތުގައި މަގުތައް ބޭނުން ހިފުމަށް ވިސްނާދިނުމުގެ މެސެޖްތައް ދީފައިވާކަމަށެވެ.

"ފުރާނަ ރައްކާތެރިކުރާށޭ، މިކަމަށް އަޑުއުފުލާށޭ" މި ޝިއާރުގެ ދަށުން މަގުތަށް އަމާންތަނަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ޒިންމާ އަދާކުރުމަށް މި ހަރަކާތުގެ ބއިވެރިންވަނީ ގޮވާލާފައެވެ.