ޚަބަރު

ބޯޓެއް ކައްސާލުމާގުޅިގެން ބަންދުކުރި ރަންވޭ ހުޅުވައިފި


ލޭންޑިން ގިޔަރަށް ދިމާވި މައްސަލައެއްގައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް
އެއާޕޯޓް ގައި ޖެއްސި ޕްރައިވެޓް ޖެޓެއް ރަންވޭ މަތިން ހޮނިހިރު ދުވަހު ހަވީރު ކަހާލުމާ ގުޅިގެން
ރަންވޭ ބަންދުކުރި ގޮތަށް މިރޭ ދިހައެއް ޖެހިއިރު ރަންވޭ ހުޅުވައިފިއެވެ.



ހޮނިހިރު ދުވަހު ހަވީރު ރަންވޭއިން ކަހާލި ޖެޓް ރަންވޭ އިން ނުނެގި ގިނަ ވަގުތުތައް
ވުމުގެ ސަބަބުން ގިނަ ފްލައިޓްތައް ކެންސަލްވެ ޕަސެންޖަރުން އެއާޕޯޓްގައި
ތާށިވިނަމަވެސް ހޮނިހިރު ދުވަހުގެ ރޭ 10:00 ޖެހިއިރު ރަންވޭ ހުޅުވާ ލަސްވި
އިންޓަރނޭޝަނަލް ފްލައިޓްތައް ފުރުވާލެވިފައިވާކަމަށް އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓުން މަޢުލޫމާތުދެއެވެ.



ނަމަވެސް ބައެއް ޑޮމެސްޓިކް އެއަރލައިންތަކުންވަނީ އެގަޑީގެ ޝެޑިއުލް
ފްލައިޓްތައް އާދީއްތަ ދުވަހަށް ލަސްކޮށްފައެވެ.



އެމްއޭސީއެލްއިން ބުނީ
މިޖެޓްގައި ތިބީ 5 ފަސިންޖަރުންނާ 3 ފަޅުވެރިން ކަމަށެވެ. މިޙާދިސާގައި އެއްވެސް
މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ވެސް އެމްއޭސީއެލްއިން ބުނެއެވެ.
މިޖެޓް ރަންވޭ މަތިން ކަހާލާފައިވަނީ ފުރައިގެންގޮސް ދެވަނަ ފަހަރަށް ޖައްސަން
އުޅުމުގެ ތެރޭގައި ކަމަށާއި، ޖެޓް ފުރިއިރުވެސް ލޭންޑިންގ ގިއަރުގެ މައްސަލަތަކެއް
ހުރިކަމަށް އެފަރާތުން އިޝާރާތްކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.