ޚަބަރު

ޑޭވިޑް ކެމަރޫންއަށް ސަރުކާރުގެ އިސްފަރާތްތަކުން މަރުހަބާކިޔައިފި


އިނގިރޭސިވިލާތުގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކުރި ކޮންޒަވެޓިވް
ޕާޓީއާއި، ބޮޑުވަޒީރު ކަމުގެ
މަގާމު ދިފާއުކުރެއްވި ޑޭވިޑް ކެމަރަންއަށް ސަރުކާރުގެ އިސް ފަރާތްތަކުން މަރުހަބާ
ދަންނަވައިފިއެވެ.



ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ، ކޮންޒަވެޓިވް
ޕާޓީން ހޯދާފައިވާ ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވާކަމަށެވެ.



މީގެ އިތުރުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫންވެސް ވަނީ، ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް
މަރުހަބާ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިޚާބުގައި
ޔޫކޭޕާލިމެންޓްގެ 650 ގޮނޑީގެ ތެރެއިން 331 ގޮނޑި މިހާރުގެ ބޮޑުވަޒީރު ޑޭވިޑް
ކެމަރަން ހިމެނިވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ.