ޚަބަރު

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިޙާދިސާ ހިނގާފައިވަނީ އައިޖީއެމްއެޗްގެ އިންޖީން ރޫމުގައި ކަމަށް މަޢުލޫމާތުލިބެއެވެ. އަލިފާނުގެ ޙާދިސާއާގުޅިގެން އައިޖީއެމްއެޗްގެ ބައެއް ސަރަޙައްދުތަކުން މީހުން ހުސްކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދެއްވާގޮތުގައި އެހޮސްޕިޓަލުގައި އަލިފާން ނިއްވާ މީހުން މިހާރުދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ރޯވި އަލިފާން މިހާރުވަނީ ކޮންޓްރޯލްވެފައިކަމަށާ، ދުން ބޯވެފައިވާތީ ދުން ބޭރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެފަރާތުން ވިދާޅުވެއެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއްނުވެއެވެ.