ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިންވަނީ ޑީސަލް ލީޓަރެއްގެ އަގުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮކޮށްފައެވެ.

މިއާއެކު އެކުންފުނީގެ ޝެޑް ތަކުން ޕެޓްރޯލް ލީޓަރެއް މިހާރު ލިބެން ހުންނާނީ 11.13 ރ. އަށް އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރ. އަށެވެ.

އެސްޓީއޯއިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ކުޑަވުމާއި ގުޅިގެން ކަމަށެވެ. މިއީ މިއީ މި އަހަރު އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.