ވިޔަފާރި

ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން މެލޭޝިއާގައި ބާއްވާ މި އެކްސްޕޯއަކީ އެ ކޯރޕަރޭޝަނުން ބާއްވާ މިފަދަ ފުރަތަމަ އެކްސްޕޯއެވެ.

އަންނަ ޖުލައިމަހުގެ 7-5 އަށް ބާއްވާ މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެއަރ އޭޝިއާ އާއި ގުޅިގެން ބާއްވާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ މަޝްހޫރު މޯލްއެއްގައެވެ. އަދި މި މޯލްއަށް ދުވާލެއްގެ މައްޗަށް 15000 މީހުން ޒިޔާރަތްކުރާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އެމްއެމްޕީއާރުސީން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން މިއަހަރުތެރޭ ޖުމްލަ 19 ފެއަރއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ.