ޚަބަރު

ފާރަގެމަ ބޭނުންކޮށްގެން މާފުށީ ޖަލު ބަލައި ފާސްކޮށްފި


ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ފާރަގެމަ ބޭނުންކޮށްގެން ކ. މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.މިއީ ފާރަގެމަ ބޭނުންކޮށްގެން ރާއްޖޭގެ ޖަލެއް ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ. އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މާފުށީ ޖަލުން ހޯދިފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހޭޝް އޮއިލްކަމަށް ޝައްކު ކުރެވޭ 25 އެތިކޮޅާއި، ހެެރޮއިން ކަމަށް ބެލެވޭ 5 ޕެކެޓު ހިމެނޭކަމަށެވެ. އަދި ގިނަ އަދަދެއްގެ މޯބައިލް ފޯނާއި، ސިމް ކާޑުގެ އިތުރުން، ފޯން ޗާރޗަރު ހޯދާފައިވާކަމަށާއި، އެތަކެތި ފެނިފައިވަނީ ގޮޅިތަކުންކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ޖަލުތަކަށް މަސްތުވާތަކެެތި އެތެރެވާ ގޮތްތައް ބަލައި، ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަރެކްޝަނަލް ސަރވިސަސްއާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ޝިޕާން ވިދާޅުވިއެވެ.