ވިޔަފާރި

ޓްރިވެންޑްރަމުން މާލެއަށް ދަތުރުކުރުމަށް ޝެޑިއުލްކޮށްފައިވާ ފްލައިޓަކަށް މައްސަލައެއް ދިމާވެ ފުރުން ލަސްކޮށްފި


މިއަދު ހަވިރު ޓްރިވެންޑުރަމުން މާލެއަށް ދަތުރުކުރުމަށް ޝެޑިއުލްކޮށްފައި އޮތް މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ޓެކްނިިކަލް މައްސަލައެއް ދިމާވެ ފުރުން ލަސްކޮށްފިއެވެ.

އައިލެންޑު އޭވިއޭޝަނުން މައުލޫމާތުދެއްވާގޮތުން ޝެޑިއުލްކޮށްފައި އޮތް ގަޑިއަށް ދަތުރު ނުކުރެވުމުން، ފްލައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން އެ ފްލައިޓުން މާލެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް ޓްރިވެންޑުރަމްގައި ތިބުމާއި ކެއުން ހަމަޖައްސައިދެމުންދާކަމަށެވެ.

އަދި އެހެން އެއަރލައިންއަކުންވެސް ފަސިންޖަރުންނަށް މާލެއަށް އާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ދަނީ ހަފްތާއަކު ހަތަރު ދަތުރު ޓްރެވެންޑުރަމަށް ކުރަމުންނެވެ. ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އިންޑިއާގެ ޓްރެވެންޑުރަމަށް ދަތުރުތައް ފަށާފައިވަނީ 2008ވަނަ އަހަރުގެ ޖެނުއަރީމަހުގެ 25ވަނަ ދުވަހުއެވެ.