ކުޅިވަރު

ގއ.ދާންދޫ ރަމަޟާން ކަޕްގެ ފައިނަލުން ޑެވައިން ބޯއީސް އާއި ކްލަބް ރެވެންޖާސް ޖާގަ ހޯދައިފި


ގއ.ދާންދޫ ރަމަޟާން ކަޕްގެ ފައިނަލުން ޑެވައިން ބޯއީސް އާއި ކްލަބް ރެވެންޖާސް ޖާގަ ހޯދައިފިއެވެ.

ކްލަބް ރެވެންޖާސްއިން ފައިނަލުން ޖާގަ ހޯދީ ރޭކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޕާރކް ހަޔަތް މޯލްޑިވްސް ހަނޑަހަ އާއި ވާދަކޮށް 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ކްލަބް ރެވެންޖާސްއަށް އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަޙުމަދު ހުސައިން، ޔޫސުފް އަންވަރު، ހުސައިން ޝަރީފް އަދި އަޔާޒެވެ. މީގެތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ޝަރީފް ވަނީ ތިން ލަނޑުޖަހާ ހެޓްރިކެއް ހަދާފައެވެ. އަދި އަޔާޒް ވަނީ ދެ ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޑެވައިން ބޯއީސްއިން ފައިނަލުގެ ޖާގައެއް ހޯދީ ރޭކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ކްލަބް ޒިޔޯންގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4އިން އެއްވަރުވެގެންނެވެ. ޑެވައިން ބޯއީސްއިން ކްލަބް ޒިޔޯންގެ މައްޗަށް ކުރިހޯދީ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

މުބަރާތުގެ ފައިނަލް މެޗް ކުޅުމުށް ހަމަޖެހިފައިވަނީ މިމަހުގެ 13ވާ ބުރާސްފަތި ދުވަހުގެރޭއެވެ. ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މިމުބާރާތުގެ ފައިނަލުގެ އެންމެ ފަހުންވެސް ވާދަކުރީ ޑެވައިން ބޯއީސް އާއި ކްލަބް ރެވެންޖާސްކަން ފާހަގަ ކޮށްލެވެއެވެ.