ކުޅިވަރު

ޗެރިޓީ ޝީލްޑް އުފުލާލެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެން - ފައްރާހު


ޓީސީއަށް ޗެރިޓީ ޝީލްޑް އުފުލާލެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށްކަމަށް ކެޕްޓަން އަހުމަދު ފައްރާހު ބުނެފިއެވެ.

ޓީސީން މިއަހަރުގެ ކޮމިއުނިޓީ ޝީލްޑް އުފުލާލީ ދެވަނަ ލެގުގައި ތިނެއް އެކަކުން ފޯކައިދޫ ބަލިކޮށްގެންނެވެ.

މެޗަށްފަހު ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު ބުނީ ޓީސީން އަބަދުވެސް ވިސްނަނީ ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކަންކަމަށާއި، މި މެޗުންވެސް މި ފެނުނީ ވަކި ވަކި ކުޅުންތެރިންނަށްވުރެ ޓީމެއްގެ ގޮތުގައި ތަފާތު ދެއްކިތަންކަމަށެވެ.
އޭނާ ބުނީ މިއީ މިއަހަރު ސީޒަނަށް ބޭނުންވިކަހަލަ ފެށުމެއްކަމަށާއި، އުއްމީދަކީ ސީޒަންގައިވެސް ރަނގަޅު ކާމިޔާބީތަކެއް ލިބުންކަމަށެވެ.

"އަބަދުވެސް ޓީމެއް ގޮތަށް މޮޅުވަނީ. ވަކި ކުޅުންތެރިއަކަށް ޑިޕެންޑްވެގެނެއް ނޫން ނަތީޖާ ނެރެނީ. އެހެންވީމަ ކުޅުންތެރިން ބަދަލުވިޔަސް ޓީމެއްގެ ގޮތުގައި ކުޅެގެން ހަމަ މޮޅު މިވަނީ" ކެޕްޓަން ފައްރާހު ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުން ބަލިވި ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ބުނީ ފޯކައިދޫން ރަނގަޅު ފައިޓެއް ދިންކަމަށާއި، މެޗުގެ ފަހު ކޮޅަށް އެޅުނުއިރު ދިމާވީ ފިޓްނަސްގެ މައްސަލަކަމަށެވެ. އޭނާ ބުނީ މެޗު ފެށަން 24 ގަޑިއިރަށްވީއިރުވެސް ޓީމްގެ ހުރިހާ ކުޅުންތެރިންނަށް މާލެ ނާދެވޭކަމަށާއި، ފަހުން މާލެ އާދެވުނު ކުޅުންތެރިން މެޗުގެ ފަހު ކޮޅު މާ ބޮޑަށް ވަރުބަލިވީކަމަށެވެ.

"އަސްލު ޓީމުގެ އެއްބައި ރޭގަ ޓީމާއި ގުޅުނީ، ފަހު ކޮޅަށް އެޅުނު އިރު ޓީމް އޮތީ ވަރަށް ބޮޑަށް ވަރުބަލިކޮށް ފެނުނީ" ނިޝްތާރު ބުންޏެވެ.