ކުޅިވަރު

ވީއޭއެމްގެ ހިންގުމާއި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވެއްޖެ


ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުމާއި ނޯމަލައިޒޭޝަން ކޮމެޓީން ހަވާލް ވެއްޖެއެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއާއި ހަވާލްކޮށްފައިވަނީ ވީއޭއެމްއައި ގުޅޭގޮތުން ގިނަ ޝަކުވާތެއް ހުށައަޅިފައިވާތީ، އެ މައްސަލަތަށް ބެލުމަށްފަހު، އެސޯސިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ފެންނާތީ އެސޯސިއޭޝަންގެ ހިންގުން އިތުރަށް ހުރުދަނާކުރުމަށްކަމަށް ސްޕޯޓްސް ކޮމިޝަނަރވަނީ ވިދާޅުވެފައެވެ.

އަމި ކަމަށްކުރެވޭ މަސައްކަތުގެ ދަށުން ވީއޭއެމްގެ އެންމެހާ ކަންތައްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާޙްކުރުމުގެ އިތުރުން ހިންގާ ކޮމެޓީ އިންތިޙާބް ކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރުމަށް މިވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލްކުރެވިފައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދަށުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީންއިން ވީއޭއެމްގެ މަސައްކަތްތާއި ހަލާވްވެފައިވަނީ މިއަދު ހެނދުނުއެވެ. އަދި ކޮމިޝަނުންވަނީ ރޭ ދިހައެއް ޖެހުމުގެ ކުރިން ނޯމަލައިޒޭޝަން ކޮމެޓީއާއި ވީއޭއެމްގެ އެންމެހާ ކަންތައްތައް ހަވާލް ކުރުމަށް އެދި ވީއޭއެމަށް ސިޓީވެސް ފޮނުވާފައެވެ.

5 މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމެޓީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު އެކޮމެޓީގެ ރައީސަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރެވެ. ނައިބް ރައީސަކީ ހޭންޑް ބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާއީލެވެ.

މި ކޮމިޓީގައި ދެން ހިމެނެ މެންބަރުންނަކީ ކުރީގެ ވީއޭއެމްގެ ޖެނެރަލް ސެކެޓްރީ އަދި މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދާއި، ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންކަމަށްވާ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާއެވެ.