ޚަބަރު

ރާއްޖޭގެ އިންސާނީ ޙައްގުތަކުގެ ހާލަތު ހުށަހަޅުއްވާދެއްވައިފި


ޔުނިވަރސަލް ޕީރޮޑިކް
ރިވިއުގައި ރާއްޖޭގެ އިންސާނީ ޙައްގުތައް ހިމާޔަތް ކުރެވިފައިވާ މިންވަރު
ބެލުމަށްޓަކައި ބާއްވާ ސެޝަން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ފެށިގެން ކުރިއަށް
އެބަދެއެވެ. ރާއްޖޭގަޑިން ހަވީރު ފަސްގަޑި ތިރީހުން ފެށިގެން ކުރިއަށްދާ މި
ސެޝަންގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.



އެކަމަނާގެ
ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތަށް
ބައްލަވާލައްވާފައެވެ.  އެގޮތުން
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ  މިނިވަންކަން ލިބިދޭކަމަށް ވިދާޅުވިއެވެ.  ފާއިތުވި 800 އަހަރުވެސް ރާއްޖެއަކީ
އިސްލާމްދީނުގެ ހިދާޔަތުގައި އޮތް ޤައުމެއްކަން ފާހަގަކުރެއްވިއެވެ.  2010ވަނަ އަހަރުގެ ޔޫޕީއާރްގައި  126 ހުށައެޅުމެއް ހުށާއެޅިފައިވާކަމަށާއި
އޭގެތެރެއިން  20 ހުށައެޅުމެއް ރާއްޖެއިން
ބަލައި ގަނެފައި ނުވަނީ އިސްލާމީ ޝަރީޢަތާ ފުށުއަރާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތައް ހިމާޔަތް
ކުރެވިފައިވާ މިންވަރު ބެލުމަށްޓަކައި ބާއްވާ ސެޝަން މިއަދު ކުރިޔަށް ދިޔައިރު
މިއީ ރާއްޖެއިން މި ސެޝަންގައި ބައިވެރިވާ ދެވަނަ އަހަރެވެ. އަދި 2010 އަހަރު
ރާއްޖެއަށް ހުށަހެޅި ހުށަހެޅުންތަކަށް ފަހު މިއަދާ ހަމަޔަށް އައި އިރު މުހިއްމު
ކާމިޔާބީތަކެއް ރާއްޖެއިން ހޯދާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.