އިންސްޓަގްރާމުގައި އެ ރިސޯޓެއްގެ ފޮޓޯ ހިއްސާކޮށްލުމަށް އެންމެ ރީތި ރިސޯޓަކަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ލިބިއްޖެއެވެ. 
ނިޔާމަ ރިސޯޓަށް މި ޝަރަފް ލިބިފައިވަނީ އޭޝިއާ، އިންޑިއާ ކަނޑު އަދި ޕެސިފިކް ޤައުމުތަކުގެ ކެޓަގަރީއިންނެވެ. 
ލަކްޝަރީ ޓްރެވަލް އެޑްވައިސަރއިން އިންތިޒާމްކުރާ މި މުބާރާތުގައި އިންސްޓަގްރާމްކުރަން އެންމެ ކަމުދާ ރިސޯޓަކަށް ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓް ހޮވިފައިވަނީ  ސާޅީސް އެއް ހާހަށްވުރެ ގިނަ ވޯޓުންނެވެ. އެ ރިސޯޓާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ފޯރ ސީސަންސް ބާލީ ރިސޯޓެވެ. 
ފޮޓޯ ހިއްސާކުރާ މަޤްބޫލް ސޯޝަލް މީޑިއާގެ ވަޒީލަތެއް ކަމަށްވާ އިންސްޓަރގްރާމްއަކީ ރިސޯޓަށް މާރކެޓުކުރުމުގައިވެސް ބޭނުންކުރާ ޕްލެޓްފޯމެކެވެ. 
ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ދ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.