ކުޅިވަރު

ބައިބަލާ މުބާރާތުގެ ގަދަ 8 ޔަގީންވެއްޖެ


އީދު ބައިބަލާ 1440ގެ ކުއާޓަރ ފައިނަލްގައި ކުޅޭ ޓީމުތައް ޔަގީންވެއްޖެއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުން ޓީމުތައް ޖާގަ ހޯދީ މިރޭ ކުޅެވިގެންދިޔަ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މިގޮތުން މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލް.ޓީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިމެޗު ސީދާ ދެ ގޭމުން ގެންދިޔައީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. ދެވަނަ މެޗުން ދަ ގޯޅި ސްޕޯޓްސް ކްލަބް ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދީ ދެ ގޭމުން ވިއޭނާ ޓައުން ބަލިކޮށްގެންނެވެ.

ތިން ވަނަ މެޗުން ކުޑަހެންވޭރު ޔުނައިޓެޑް ކުއާޓަރއަށް ދަތުރުކުރީ ޕަންކް ހޫލިގަންސް ފަސޭހަ ކަމާއެކު ދެގޭމުންވެސް ބަލިކޮށްގެންނެވެ. ހައްހާ ވައި ކަންމައްޗާއި ހުޅުމާލެ ސްޕޯޓްސް ކްލަބް ބައްދަލުކުރި މުބާރާތުގެ ހަތަރު ވަނަ މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ހުޅުމާލޭ ސްޕޯޓްސް ކްލަބެވެ.

ވީކޭ ސްޕޯޓްސް ކްލަބާއި ކްލަބް ޒެފްރޯލް ބައްދަލުކުރި މެޗުން ކުރި ހޯދީ ވީކޭ ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅުނު ހަ ވަނަ މެޗުގައި ބައްދަލުކުރީ މީޓް ދަ އީގަލްސް އާއި ކުޑަ ހެންވޭރު ބީޗެވެ. މިމެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ މީޓް ދަ އީގަލްސް.

ކުޑަ ހެންވޭރު ލިއަންސް ވަނީ ޖެހިގެން އައި މެޗުގައި ވިއޭނާ ސްޕޯޓްސް ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗު ކުޑަހެންވޭރު ބީޗް ކާމިޔާބުކުރީ ގަދަ ހިފުމަށް ގޮސްގެންނެވެ. ދެވަނަ ބުރުގެ ފަހު މެޗުގައި ބައްދަލުކުރީ ޕަންކް ނެކްސްޓް ލެވަލް އާއި ކްލަބް ޓީނޭޖެވެ. މިމެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ފަހު ޖާގަ ޔަގީން ކުރީ ކްލަބް ޓީނޭޖެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅެވޭނީ މާދަމާރެއެވެ. އަދި ސެމީފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ރެއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލާއި ސެމީފައިނަލް އަދި ފައިނަލް މެޗުވެސް ޕީ.އެސް.އެމްގެ ޔެސް ޓީ.ވީއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.