ފެނުމުން
މަހުރޫމްވެފައިވާ މީހުންނަށް ކިޔަވަން ފަސޭހަވާނެގޮތަށް ބްރައިލް ލޭންގްއޭޖުން
ލިޔެފައިވާ ޤުރުއާނުގެ މުސްޙަފެއް ތަޢާރަފްކޮށްފިއެވެ.
އިސްލާމިކް
މިނިސްޓްރީގައި މިއަދު އޮފް މި މުސްހަފު ތައާރަފްކޮށްދެއްވާ ވާހަކަދައްކަވަމުން
އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބްރައިލް
ލޭންގްއޭޖްއަކީ އަތްޖައްސައިގެން އިނގިލި ޖައްސައިގެން ލޯފަން މީހުންނަށް ކިޔަވަން
ފަސޭހަވާގޮތަށް ހެދިފައިވާ ލޭންގްއޭޖެއްކަމަށެވެ. އަދި ރާއްޖޭގައި މި ލޭންގުއޭޖުން
ކިޔަވައިދެވޭނެ ތިބީ މަދުބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިސްލާމިކް
މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބްރައިލް ލޭންގްއޭޖްއިން
އެކުލަވާލާފައިވާ މި މުސްހަފްގެ ކޮޕީއެއް މިނިސްޓަރ ވަނީ ލޯފަން މީހުންގެ ޖަމްޢިއްޔާއަށް
ހަވާލުކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން
އިސްލާމިކް މިނިސްޓަރ މިއަދުވަނީ މިއަހަރު ޤުރުއާން ހިތުދަސްކުރި ފަސް
ދަރިވަރަކާވެސް ބައްދަލުކުރައްވާފައެވެ.
މިކުދިންނާ
ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރަކީ އެންމެ ގިނަ
ކުދިން ޤުރުއާން ހިތުދަސްކުރާނެ އަހަރުކަމަށެވެ. އެގޮތުން މިއަހަރު ޖުމްލަ ދިހަ
ދަރިވަރުން ގުރުއާން ހިތުދަސްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.