ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވައިފި


އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.

އެގޮތުން މޯދީވަނީ މޯލްޑިވްސް ރީފޯމް މޫވްމެންޓްގެ ފަރާތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންއާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރާ މަސައްކަތްތަކާއި ސަރުކާރު ކޯލިޝަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތައް ބާއްވަވާފައިވަނީ، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޖާފަތުގެ ކުރިން ކުރުނބާ މޯލްޑިވްސްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށްކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.