ސިޔާސީ

ބޭރުގެ ނުފޫޒެއް ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ޖާގައެއް ނެތް


ރާއްޖޭގެ ދާޚިލީ ކަންކަން ހަލަބޮލިވެގެން ގޮސްފައިވަނީ ކުރީގެ
ސަރުކާރުތަކުން، ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ
ނުފޫޒުތަކަށް ދީފައިވާތީ ކަމަށާއި، މިހާރުގެ ސަރުކާރުން އެފަދަ ފުރުސަތެއް
އެއްވެސް ބަޔަކަށް ނުދޭނޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ގައްޔޫމް ވިދާޅުވެއްޖެއެވެ.



ދިވެހި ސިފައިންގެ ޚިދުމަތަށް 123 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން
ވިދާޅުވީ ޝަރުޢީ ކޯޓުތަކުން އިއްވާ ހުކުމްތައް ތަންފީޒު ކުރުމުގައި
ބޭރުގައުމުތަކުގެ ޕްރެޝަރުތަކަށްވެސް ބޯނުލަބާނެ ކަމަށާއި، ރާއްޖޭގެ ދާޚިލީ
ކަންތައްތައް ކުރިއަށްގެންދާނެ ގޮތް 
ބޭރުގެ ފަރާތްތަކަށް ބުނެނުދެވޭނެ ކަމަށެވެ.



ސިފައިންގެ 123 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް
ޔާމީން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ލިޔަން ޖެހޭނީ ވަކި ގޮތަކަށޭ ބުނެ
ބައިނަލްގްވާމީ ފަރާތްތަކަށް މަޖުބޫރު ނުކުރެވޭނެކަމަށާއި، ދިވެހިންނަކީ މިނިވަން
މުސްތަގިއްލު ގައުމެއް ކަމްވެ. ކިތަންމެ ފިއްތުންތަކެއް އައި ނަމަވެސް ގާނޫނީ
އިމުގެ ބޭރުން އަމަލު ނުކުރައްވާނެ ކަމަށާއި، 
މިހާރުގެ ސަރުކާރުން މަސައްކަތް ކުރާނީ ގާނޫނާއި އިސްލާމީ އުސޫލުތަކާ
އެއްގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ
ޕްރެޝަރުތައް ކުރެއްވުމަށާއި، މިކަމުގައި ޖަދަލު ކުރެއްވުމަށް ބޭރުގެ ފަރާތްތަކުން
ރާއްޖެ ނައުމަށް ދިވެހި ރައްޔިތުން އެދޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީހުން ރަހީނުކުރުމާއި ކިޑްނެޕް ކުރުމަކީ ޓެރަރިޒަމްގެ ކުށްތަކަށް ގާނޫނުގައި
ނުލިޔެވޭނޭ ކަމަށް ބޭރުގެ ފަރާތްތަކުން ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން
ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.   



ކުރީގެ ރައީސް ނަޝިދާއި، ކުރީގެ ޑިފެންސް މިނިސްޓަރަށް ކޯޓުން ކޮށްފައިވާ
ހުކުމްތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކޯޓްތަކުން ކުރާ ހުކުމްތައް
ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރެއިން ނަގަން ޖެހޭ އެއްވެސް
ހުއްދައެއް އޮންނާނެކަމަށްގަބޫލު ނުކުރައްވާކަމަށެވެ. އަދި ކޯޓުތަކުން ކުރާ
ހުކުމްތައް ތަންފީޒު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ގާނޫނީ މަސައްކަތެއް
ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްލަހަތު
ރައްކާކުރާނީ ދިވެހި ރައްޔިތުން ކަމަށާއި، ދިވެހި ސިފައިންގެ އެންމެ ބޮޑު
ޒިންމާއަކީ ގާނޫނާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނު ނެގެހެއްޓުމުގައި
އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.



މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމުން
މިނިވަންކަމުގެ އުފާ ލިބިގަތުން މުހިންމު ކަމަށާއި، ރާއްޖޭގެ މިނިވަންކަން ގެއްލޭ
ކޮންމެ ފަހަރަކީ ބޭރުގެ ނުފޫޒު ތަކާއެކު، ގައުމަށް ހިޔާނާތްވާ ޚާއިނުންގެ ބަޔަކު
ކުރާ އަމަލުތަކެއް ކަން ދެނެތިބުން މުހިންމު ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން ވިދާޅުވިއެވެ.