ސިޔާސީ

ކުރީގެ ރައީސް ނަޝީދު ހިންމަފުށީ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފި


ކުރީގެ ރައީސް
މުހައްމަދު ނަޝީދު ހިންމަފުށީ އައްސޭރި ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.



ހޯމް މިނިސްޓަރު
އުމަރު ނަސީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދު ބަދަލުކޮށްފައި ވަނީ
މާފުށީ ޖަލުގައި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ އެޕާޓްމަންޓަށް ކަމަށެވެ.



ރައީސް
ނަޝީދު ހުންނަވާ އެޕާޓްމަންޓުގައި ވިހި ފޫޓު ތިރީސް ފޫޓުގެ ކޮޓަރިއަކާއި ސިޓިން
ރޫމަކާއި ބަދިގެއެއްގެ އިތުރުން ބޮޑު ޔާޑެއް ވެސް އޮންނާނެ ކަމަށް މިނިސްޓަރ
އުމަރު ނަސީރު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.



ރައީސް ނަޝީދު 13
އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ
މަގާމުގައި ހުންނެވި އިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު
ހައްޔަރުކުރުމަށް ސިފައިންނަށް އަމުރުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި
ޓެރަރިޒަމްގެ ދައުވާ ސާބިތު ވެގެންނެވެ.