ޚަބަރު

ދިރާގުން ހިލޭ ނޭޕާލަށް ގުޅޭނެ ގޮތް ހަމަޖެއްސައިފި


ދިރާގުން ހިލޭ ނޭޕާލަށް ގުޅޭނެ ގޮތް ހަމަޖެއްސާ، އެޤައުމުގައި ހާލުގައި ގެހިފައި ތިބި މީހުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ފަންޑެއް ހުޅުވައިފިއެވެ.ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، މިއަދުން ފެށިގެން މި މަހުގެ 29 އާ ހަމައަށް ދިރާގު ކޮންމެ ކަސްޓަމަރަކަށް ވެސް ނޭޕާލަށް ހިލޭ ފޯނުކުރެވޭނެ ކަމަށާއި އެ ގައުމުގައި ހާލުޖެހިފައިވާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ރެޑް ކްރެސެންޑާއި ގުޅިގެން ގާއިމްކޮށްފައިވާ ފައިސާ ފަންޑަށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.އެގޮތުން  # 3*789* ގުޅުމުން ނޭޕާލަށް ފައިސާގެ އެހީވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމްޖާދު ވިދާޅުވިއެވެ.ދި އެ ނަމްބަރަށް ގުޅުއްވުމުން ފައިސާގެ އެހީ ވެވޭނެ އަދަދުތައް ފެންނަން ހުންނާނެ ކަމަށާއި އެގޮތުން 20 ރުފިޔާ އާއި 50 ރުފިޔާ އާއި 100 ރުފިޔާ އާއި 500 ރުފިޔާ ފޮނުވޭނެ ކަމަށް އިމްޖާދް ވިދާޅުވިއެވެ.އެއް މަސް ދުވަހުގެ މުއްދަތަކަށް މި ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އިމްޖާދް ވިދާޅުވިއެވެ.