ޚަބަރު

ޓްރިޕް އެޑްވައިޒަރގެ ސެޓްފިކެޓް އޮފް އެކްސެލެންސް، މިފަހަރުވެސް ކޮކޫން މޯލްޑިވްސްއަށް


ޓްރިޕް އެޑްވައިޒަރއިން ދޭ ސެޓްފިކެޓް އޮފް އެކްސެލެންސް ކޮކޫން މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި ސެޓްފިކެޓް ކޮކޫން މޯލްޑިވްސްއަށް ދީފައިވަނީ ފާއިތުވެދިޔަ އަހަރު، އެ ރިސޯޓުން ޚިދުމަތް ހޯދި ފަތުރުވެރިންގެ ޚިޔާލުތަކަށް ބިނާކޮށެވެ.

ޓްރިޕް އެޑްވައިޒަރއިން ސެޓްޕިކެޓް އޮފް އެކްސެލެންސް ދެނީ އެއް އަހަރު ވަންދެން ޓްރިޕް އެޑްވައިޒަރއަށް ހުށައަޅާފައިވާ ޚިޔާލުތަކުގެ މައްޗަށް ބަލައި އެތަނަކުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހުއެވެ. މިއަހަރު ޓްރިޕް އެޑްވައިޒަރގެ އެކްސެލެންސް ސެޓްފިކެޓް ކޮކޫން މޯލްޑިވްސްއަށް ލިބިފައިވާއިރު، މިއީ ޖެހިޖެހިގެން ކޮކޫން މޯލްޑިވްސްއަށް މި ސެޓްފިކެޓް ލިބުނު 3ވަނަ ފަހަރެވެ.

ޓްރިޕް އެޑްވައިޒަރއަކީ ފަތުރުވެރިންނަށް ރިސޯޓުތަކުގެ މައުލޫމާތާއި ޕްރޮމޯޝަންތައް ބުނެދީ، އޮންލައިނުކޮށް ބުކިން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޓްރެވަލް ވެބްސައިޓެކެވެ.

މި ވެބްސައިޓުން ދަނީ ކޮންމެ އަހަރަކު އެކި ދުވަސްވަރުމަތިން ފަތުރުވެރިންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓެއްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތައް ގިންތިކޮށް، އެވޯޑުތައް ދެމުންނެވެ. މިގޮތުން ޓްރެވަލަރ ޗޮއިސް އެވޯޑްގެ ނަމުގައި އެކި ކެޓަގަރީތަކަށް ބެހިފައިވާ އެވޯޑުތައް ޓްރިޕް އެޑްވައިޒަރއިން މުޅި އަހަރުތެރޭގައި އެކި ދުވަސްވަރު ދަނީ ދެމުންނެވެ.