ޚަބަރު

ސަޤާފީ ޢީދު ހަރަކާތްތަކާއިއެކު އެންމެންގެ މޫނުމަތިން ޢީދުގެ ޢުފާ


ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ސަޤާފީ ޢީދު ކުޅިވަރު ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. ޢީދު އުފަލުގެ މި ހަރަކާތުގައި މާލޭގެ ގިނަ ރައްޔިތުންތަކެއްވަނީ ބައިވެރިވެފައެވެ.

ފިތުރު ޢީދަކީ މުސްލިމުންގެ އެކުވެރިކަމާއި، އެއްބައިވަންތަކަން ދައްކުވައިދޭ ޚާއްސަ މުނާސަބާއެކެވެ. މިއީ އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ ލޯތްބާއި، އަޅާލުމުގެ ރީތި ނަމޫނާ ފެނިގެންދާ ދުވަހެކެވެ.

މިއަހަރުގެ ފިތުރު ޢީދު ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، މާފަންނު އަވަށުގެ ރައްޔިތުން ގުޅިގެން މާލޭގެ ރައްޔިތުންނަށް މިވަނީ ސަޤާފީ ކުޅިވަރުގެ ބޮޑު ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ދިވެހިން އެންމެ ކުރިން ތައްޔާރުކުރާގޮތަށް، ފަން ބޭނުންކޮށްގެން ހަދާފައިވާ މާލީގެ ކުޅިވަރުތަކާއި، ބޮޑުބެރުގެ ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސަޤާފީ ނެށުމުގެ ހަރަކާތްތައްވެސް ދައްކާލާފައިވެއެވެ.

އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހަމައެކަނި ފައިމަގުގައި އެޅޭ ވަގުތެއްގެ ގޮތުގައި ސިޓީ ކަންސިލުން ހަމަޖައްސާފައިވާތީ، ސަޤާފީ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ މައި މަގު މަޖީދީ މަގުގައެވެ. އެގޮތުން ސޯޝަލް ސެންޓަރުން ފެށިގެން، މަޖީދީ މަގު ގަޑިބުރާއިހަމައަށް މި ކުޅިވަރުގެ ޙަރަކާތްތަކާއެކު ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މާފަންނު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތް ބަލާލުމަށް މުޅި މަޖިދީ މަގު އޮތީ އެކި އުމުރުފުރާގެ މީހުންނާއިގެން ފުރާލާފައެވެ. މިފަދަ ހަރަކާތްތަކަކީ އާއްމުކޮށް ޢީދުތަކުގައި މާލޭގައި ކުޅެއުޅޭ ކުރިވަރުތަކަކަށް ނުވާތީ، މިކަމަށް މީހުންގެ ޝައުގު ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަންވީ ވަރަށް އާ، އަދި މަޖާ ކަމަކަށެވެ.

މާލޭގެ މޫސުން ގޯސްވި ނަމަވެސް ޢީދު ހަރަކާތްތަކުގައި ބައިވެރިވެ، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެފައިވެއެވެ.