ސިޔާސީ

އިދިކޮޅު ފަރާތްތަކުން ބުނާބުނުމަކަށް އިސްތިއުފާދޭކަށެއް ނުޖެހޭނެ


އިދިކޮޅު ފަރާތްތަކުން ބުނާބުނުމަކަށް އިސްތިއުފާންދޭން ޖެހިވަޑައިނުގަންނަވާނެކަމަށާއި، އެ ފަރާތްތަކާއެކު ސަރުކާރު އިސްވެއޮވެ މަޝްވަރާކުރާއަށް ދާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރިޔާސީ ގަނޑުވަރު، މުލިޔާގޭގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މޭޑޭގައި އިދިކޮޅު ޕާޓީތަކުން ހަރަކާތްތަކެއް ބާއްވަން އުޅެނީ ދެމީހަކު ޖަލުގައި ތިބުމުންކަމަށެވެ. އެހެންކަމުން އެއީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަންޖެހޭ ސަބަބެއްނޫންކަމަށެވެ.ރައީސް ވިދާޅުވީ، ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާއަށް އައުމުން އެކަމަށް ސަރުކާރުން ޖަވާބުދީފައިވާނެކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދާއި ނާޒިމްގެ މައްސަލާގައި އިސްތިއުނާފްގެ މަރުހަލާނިމުމުގެ ކުރީން އެކަމުގައި އެމަނިކުފާނަށް ކުރެވޭން  އެއްވެސް ކަމެއް ނެތްކަމަށެވެ.ގާނޫނު އަސާސީގައި ކަމެއް ކުރުމަށް ކަނޑައަޅިފައިވާ ގޮތަށް ވަކާލާތުކޮށްގެން ކަންކަން ގެންދިއުމަށް ރައީސް ވަނީ މިއަދު އިލްތިމާސްކުރައްވާފައެވެ. އަދި ގާނޫނު އަސާސީ ހިމާޔްތަކުރުމުގައި ގާނޫނު އަސާސީ މުގުރާލަން އެމަނިކުފާނަށް ވަސްވާސް ދިނުމަކީ ގާނޫނީގޮތުން ކުށެއްކަމަށްވެސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމަނިކުފާނު އިސްތިއުފާދޭން ބުނިނަމަވެސް އެކަން ނުކުރައްވާނެކަމަށާއި، އިސްތިއުފާދޭންޖެހޭނަމަ އެކަން ނިންމާނީ 2018 ގަ އިންތިހާބުގައި ރައްޔިތުން  ކަމަށެވެ.