ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުން ގެންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ބޯކޮށް ވާރޭވެރި ފެންބޮޑުވީ އަށްޑޫ ސިޓީ ފޭދޫ އަދި މަރަދޫ ފޭދޫގައި ކަމަށެވެ. ފެންބޮޑުވެފައި ވަނީ އެ ދެ ރަށުގެ މަގުތަކުގައެވެ.
އެދެރަށަށް ރޭ ދަންވަރު ބާރައިން ފެށިގެން އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ޢެމްއެންޑީއެފުން ވިދާޅުވީ އެ ދެރަށުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ. ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެ ގެއްލުންވިކަމުގެ މަޢުލޫމާތެއް މިހާތަނަކަށް ލިބިފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން ގއ އިން ފެށިގެން ސ އަތޮޅާއި ހަމައަށް ރޭ ދަންވަރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލަރޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ތިންދުވަހުވެސް ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށެވެ. ޢެގޮތުން އިއްޔެ ހަވީރުން ފަށައިގެން އެކި ވަގުތުތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.