ޚަބަރު

މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ


ފިޠުރު ޢީދާ ގުޅިގެން މާލެއާއި ހުޅުމާލޭގެ މަގުތަކުގައި މިއަދު ހަވީރު ފައިމަގުގައި އުޅޭގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުރިން ކައުންސިލުން ނިންމާފައިވަނީ އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު ވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށެވެ. އެހެންނަމަވެސް މި ނިންމުން ބަދަލުކޮށް ވެހިކަލް ދުއްވުން މަނާ ވާނީ ހަމައެކަނި އީދު ދުވަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00އާ ހަމައަށެވެ. އެ ވަގުތު އިންޖީނުލީ އުޅނަދުތަކުގެ ތެރެއިން ޒަރޫރީ ހިދުމަތް ދެމުންދާ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެމުންދާ އުޅަނދުތައް ދުއްވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އޭގެ އިތުރުން ކައުނސިލުން ދޫކުރާ ހައްސަ ހުއްދައަކާއި އެކު އެހެނިހެން ބައެއް އުޅަނދުތައް ދުއްވާކެމަށްވެސް ކައުންސިލުން ބުނެއެވެ.

މި އެންގުމާ ޚިލާފަށް އީދު ދުވަހުގެ ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.