މާލެ ސިޓީގެ ތިން ސަރަހައްދުގައި ބޮޑުޖަމާޢަތުގައި ބޭއްވުމަށް ހަމަޖެއްސި ފިޠުރު ޢީދު ނަމާދު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މޫސުން ގޯސްވުމާއި ގުޅިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނީ އެސަރަޙައްދުތަކުގައި ހުކުރު ކުރާ މިސްކިތްތަކުގައި ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ރާވާފައެެވެ. އިސްލާމިކް މިނިސްތްރީން ވިދާޅުވީ ރަށްރަށުގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމާމެދު ގޮތެއް ނިންމަވާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ. މިއަހަރުގެ ފިޠުރު ޢީދު ދިމާވަނީ މިއަހަރުގެ ހުޅަނގު މޫސުމާކަމުން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.