ސިޔާސީ

ޑިފެންސް މިނިސްޓަރަށާއި ހެލްތް މިނިސްޓަރަށް މަޖިލީހުން ރުހުންދީފި


ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލަށާއި، ހެލްތް މިނިސްޓަރ އަޙްމަދު ޒުހޫރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.އެދެބޭފުޅުންނަށް މަޖިލީހުން ރުހުން ލިބިވަޑައިގަތީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.މޫސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވަނީ، ޖެނުއަރީ މަހުގެ ވިހި ވަނަ ދުވަހުއެވެ.އޭނާ އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ، ޑިފެންސް މިނިސްޓަރކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނާޒިމް އޭނާގެ ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅިގެންން ޑިފެންސް މިނިސްޓަރކަމުން ވަކިކުރެއްވުމަށްފަހުއެވެ.ހެލްތު މިނިސްޓަރު ކަމަށް  އަހުމަދު ޒުހޫރު،  އައްޔަންކުރައްވާފައިވަނީ މާޗްމަހުގެ ދިހަ ވަނަ ދުވަހުއެވެ.ޒުހޫރު އެމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހެލްތު މިނިސްޓަރުކަން ކުރައްވާފައިވަނީ، ޑރ. މަރިޔަމް ޝަކީލާއެވެ. އަދި އެއަށްފަހު ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވީ، ޑިފެންސް މިނިސްޓަރަކަށް އޭރު ހުންނެވި މުހައްމަދު ނާޒިމްއެވެ. އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ވަގުތީގޮތުން ހެލްތް މިނިސްޓަރުކަން ކުރައްވާފައިވެއެވެ.