ސިޔާސީ

އެމްޑީޕީގެ ދިއްގަރު ޕްރައިމެރީގައި 2 ބޭފުލަކު ވާދަކުރައްވަނީ


ރައްޔިތުންގެ މަޖިލިސްގެ މ. ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި - އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރުމަށް 2 ފަރާތަކަށް ފުރުޞަތު ލިބިއްޖެއެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު އެޕާޓީގެ ރަސްމީ ވެބްސައިޓްގައި ވަނީ ޢާންމުކޮށްފައެވެ. އެގޮތުން ޝަރުތު ހަމަވެ ޢާންމުކޮށްފައިވަނީ 2 ބޭފުޅެއްގެ ނަމެވެ.އެގޮތުން، ކެންޑިޑޭޓް ނަމްބަރ 1 ގޮތުގައި ހޮވިފައިވަނީ މ. މަޑުއްވަރި، ކާނިގެ އަހުމަދު ރާޟީ އެވެ. ކެންޑިޑޭޓް ނަމްބަރ 2 ގެ ގޮތުގައި ވަނީ މާލޭ ސިޓީ، މ. ތިރީއޭވިލާ އިބްރާހިމް ޖިހާދު އެވެ.އެޕާޓީގެ ޕްރައިމެރީ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.