ޚަބަރު

ޢީދު ދުވަހު ދުއްވުން މަނާ ގަޑިތަކުގައި ދުއްވާނަމަ ޖޫރިމަނާކުރާނަން - ޓްރާންސްޕޯޓް އޮތޯރިޓީ


ފިޠުރު ޢީދުދުވަހު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަޑިތަކުގައި އިންޖީނުލީ އެއްގަމު އުޅނަދު ދުއްވާނަމަ ޖޫރިމާނާކުރާނެކަމަށް ޓްރާންސްޕޯތް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ފިޠުރުޢީދު ދުވަހު ހަވީރު ދުއްވުމަށް ހުއްދަ ދީފައިވާ އުޅަނދު ފިޔަވައި އެހެން އިންޖީނުލީ އެއްގަމު އުޅަނދެއް ދުއްވައިފިނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 65ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމާނާކުރާނެކަމަށެވެ.

އީދު ދުވަހު ހަވީރު ހުޅުމާލެއާއި ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. އެ އޮތޯރިޓީން މިގޮތަށް ނިންމާފައިވަނީ ފިތުރު އީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ ތަފާތު ކުޅިވަރުތަކުގައި އާއިލާތަކާއިއެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މިގޮތުން އަންނަ އަންގާރަ ދުވަހު ހަވީރު ހަތަރުގަޑި ސުންމިނެޓުން އިރުއޮއްސި ހަޔަކަށް އިންޖީނުކީ އެއްގަމު އުޅަނދު ނުދުއްވޭނެކަމަށް އެތޯރިޓީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް އޮތޮރިޓީން ވިދާޅުވީ އެގަޑިތަކުގައި ދަތރުފަތުކުރެވޭނެ ހުއްދަދީފައިވާ ޚާއްސަ އުޅަނދުތަކަކަށް ކަމަށާއި އެ ނޫން އުޅނަދެއް ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ ދަށުން މަނާކަމެެކެވެ. މިގޮތުން އެ އޮތޯރިޓީން އެގަނޑިތަކުގައި ދުއްވަން ހުއްދަދީފައިވަނީ، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލާންސާއި، ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތައް ބޭނުންކުރާ އުޅަނދުތަކައި އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކެެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް، އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންގެންދާނެކަމަށެވެެ.
އަދި އެހުއްދަ އެއުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކުރަން ޖެހޭނެކަމަށްވެސް އެ އޮތޯރިޓިން ވިދާޅުވެއެވެ.

މާލޭގައިވެސް ޢީދުދުވަހާއި ވަޅު ޢީދު ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.