ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަސްމާ ރަޝީދުގެ ފިރިކަލުން މ.ކޮތަންމާގޭ ޙުސައިން ޝަރީފު އަވާހާރަވެއްޖެއެވެ.
ޙުސައިން ރަޝީދަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ އަދި މިހާރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނާއިބުރައީސް މުޙައްމަދު ޙުސައިން ޝަރީފުގެ ބައްޕާފުޅެވެ. ޙުސައިން ރަޝީދު އަވަހާރަވީ އޭނާއަށް ޖެހިވަޑައިގެން އާލާސްކަންފުޅެއްގައި ރާއްޖެއިން ފާރުވާ ހޯއްދެވުމަށްފަހު، އަވައްޓެރި އިންޑިއާގެ ބެންގަލޫރުގައި އިތުރު ފަރުވާ ހޮއްދަވަމުންދަނިކޮށް ހާލުކޮޅު ސީރިއަސްވެގެންނެވެ.
ޙުސައިން ޝަރީފަކީ ދިވެހި ސަރުކާރަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅޭކެވެ. އެގޮތުން އޭނާ މަސައްކަތް ކުރެއްވި ތަންތަނުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއި ޚާރިޖީ ވުޒާރާ ހިމެނެއެވެ.
ހުސައިން ޝަރީފުގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.