ޚަބަރު

ލަންކާގެ ދައުވަތަކަށް ރައީސް ނަޝީދު އެ ގައުމަށް ވަޑައިގަންނަވަނީ


ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މި މަހު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި އޮންނަ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 15 ވަނަ ދުވަހު ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވާނެކަމަށެވެ. އަދި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެއެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ނަޝީދު ހުންނެވި ދުވަސްވަރު ލަންކާގައިވެސް ދުވަސްތައް ހޭދަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަަތަމަ ދަތުރުފުޅެވެ.ޅ