މުނިފޫހިފިލުވުން

އެމް.ބީ.ސީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2015 ފަށައިފި


އެމް.ބީ.ސީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2015 ފެށިއްޖެއެވެ.މިއަދު ހަވީރު ހަތަރެއްޖެހި އިރު އޮލިމްޕަހުގައި ފެށި މި ލަވަ މުބާރާތުގައި މާލޭގެ ބާރަ ސްކޫލަކުން ޖުމުލަ 165 ދަރިވަރަކު ބައިވެރިވެއެވެ.ހަ އަހަރުން ދަށާއި، ނަވާރަ އަހަރުންދަށުގެ އުމުރުފުރާތަކުގެ ދަރިވަރުން ބައިވެރިވާ މި މުބާރާތުގައި ވަކިވަކި ހުށައެޅުމުގެ ގޮތުގައި 109 ދަރިވަރުން ލަވަ ހުށައަޅާއިރު، ގްރޫޕް ހުށަހެޅުމުގެ ގޮތުގައި 130 ކުދިން ލަވަ ހުށައަޅާނެއެވެ.މި މުބާރާތުގެ ލަވަތަށް، މިއަދުން ފެށިގެން 3 ދުވަސްވަންދެން  ކޮންމެ ދުވަހަކުވެސް  ހަވީރު ހަތަރަކުން ހަގަޑި ސުންމިނެޓަށް އަދި މިދުވަސްތަކުގެ ރޭގަނޑު ނުވައަކުން އެގާރައަށް ޓެލެވިޒަން މޯލްޑިވްސްއިން ވަގުތުންނާއި ރެކޯޑިން ގެންސްދިނުމަށްވަނީ ހަމަޖެހިފައެވެ.މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ  މޭ މަހުގެ ދެވަނަ ދުވަހުއެވެ.