ކުޅިވަރު

އަންނަ ސީޒަނަށް ރެއާލްއިން އެންމެ ބޭނުންވަނީ ހަޒާޑް


ރެއާލް މެޑްރިޑުން ކުރިއަށް އޮތް ސީޒަނަށް އެންމެ ބޭނުންވާ ކުޅުންތެރިއަކީ ޗެލްސީގެ ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް ކަމަށް ރެއާލްއިން ބުނެފިއެވެ.

ޔޫރަޕްގެ ޗެމްޕިއަން ކުލަބުގެ ރައީސް ޕްލޮރެންޓީނޯ ޕްރޭޒް ބުނީ ހަޒާޑް ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

ޕްރޭޒްބުނީ މީގެ ކުރިން ހަޒާޑް ގެނައުމަށް ކުރަމުންއައި މަސައްކަތްވަނީ ނާކާމިޔާބުވެފަައި ކަމަށެވެ. ނަމަވެސް މިފަހަރު މިކަން ވާނެކަމަށް ގަބޫލް ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ހަޒާޑްވެސް މިހާރު ރެއާލްއަށް އަންނަން ބޭނުންވާ ކަމަށާއި، ހަޒާޑަކީ ރިއަލް މެޑްރިޑްއިން ވަރަށް ބޭނުންވާ މޮޅު ކުޅުންތެރިއެއްކަމަށް ހަޒާޑާ ވާހަކަ ދެއްކިކަން ފުރަތަމަ ފަހަރަށް ޔަގީންކޮށްދެމުން ޕެރޭޒް ބުންޏެވެ.

ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ހަޒާޑް ވެސް ވަނީ އެއީ ޗެލްސީއަށް އޭނާ ކުޅޭނެ ފަހު މެޗުކަމަށްވުން ވަރަށް ގާތް ކަމަށް ބުނެފައެވެ.

އޭނާ މިހެން ބުނީ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތުމުންނެވެ. މިހެންވެ އޭނާ އަށް ރެއާލް އަށް ދެވޭނީ ޗެލްސީން ވިއްކާލަން އެއްބަސްވާނަމައެވެ.

އަނެއްކޮޅުން އޭނާ ރެއާލް އަށް މި ސީޒަނުގައި ވިއްކާނުލައިފިނަމަ ހަޒާޑަށް އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ދިއުމުގެ ފުރުސަތު އޮންނާނެތީވެ ޗެލްސީން ވެސް އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ކޯޗު މައުރީސިއޯ ސާރީ ބުނީ ކުޅުންތެރިޔާގެ ނިންމުމަށް އޭނާއަށް އިހްތިރާމް ކުރާނެ ކަމަށެވެ.