ކުޅިވަރު

އާސެނަލް ކޮޅަށް ޖެހި ލަނޑާއެކު ޕެޑްރޯ ތާރީހުގެ ތެރެއަށް


ޔޫރޮޕާ ލީގުގައި ރޭ އާސެނަލް ކޮޅަށް ޖެހި ލަނޑާއެކު ޗެލްސީގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

ސްޕޭނުގެ މިޑްފީލްޑަރު ވެފައިވަނީ މިހާތަނަށް ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު އަދި ޔޫރަޕިއަން ސުޕަކަޕް ފައިނަލުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި އޭނާ ލަނޑު ޖަހާފައިވަނީ ބާސެލޯނާގައި ހުރެ މެންޗެސްޓާ ޔުނައިޓެޑް ކޮޅަށެވެ. އަދި ސުޕަ ކަޕުގައި ލަނޑު ޖެހީ ސެވިއްޔާ ކޮޅަށް ބާސެލޯނާ އަށެވެ.

އުމުރުން 31 އަހަރުގެ ޕެޑްރޯ ބާސެލޯނާގައި 12 އަހަރު ހޭދަކުރުމަށްފަހު ޗެލްސީ އަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ.