ދީން

ރ.އަތޮޅުން ޤައުމީ މުބާރާތުގައި ޤުރުއާން ކިޔަވާނެ ކުދިން ހޮވައިފި


ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ރ.އަތޮޅުން ވާދަކުރާނެ ފަނަރަ ދަރިވަރުން ހޮވައިފިއެވެ.މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހުންފެށިގެން އިއްޔެ މެންދުރާ ހަމަޔަށް ރ. އިނގުރައިދޫގައި ކުރިއަށްގެންދިޔަ ރ. އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ތޭރަ ރަށަކުން ސަތޭކަ ފަންސާސް އަށް ދަރިވަރުން ވާދަކޮށްފައިވެއެވެ.ޤައުމީ މުބާރާތުގައިވެސް ފަނޑިޔާރުކަން ކުރައްވާ ބައެއް ޖަޖުން އިންސާފުކޮށްދެއްވި މިމުބާރާތުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ހޮވުނު ފަނަރަ ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަލިފުށީގެ ހަތް ދަރިވަރުންނާއި، އިނގުރައިދޫގެ ފަސް ދަރިވަރުންނާއި،މަޑުއްވަރީ ދަރިވަރަކާއި،ދުވާފަރު ދަރިވަރަކާއި، ހުޅުދުއްފާރު ދަރިވަރެކެވެ.އިއްޔެ މެންދުރުފަހު ނަތީޖާ ފާޅުކުރި މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހިމް ފަލާހްއެވެ.ފަލާހުގެ ވާހަކައިގައި މިމުބާރާތުގައި ވާދަކުރި ދަރިވަރުން، ރާއްޖޭގައި އިތުރަށް ޤުރުއާން އުގަންނާ ދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.