ވިޔަފާރި

މޯލްޑިވިއަންއިން ބެންކޮކަށް ކުރާ ދަތުރުތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފި


ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ބެންކޮކަށް ކުރާ ދަތުރުތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފިތުރު އީދާ ދިމާކޮށް ފަށާފައިވާ މި ޕްރޮމޯޝަންގައި ބެންކޮކް ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ ހުރުމަށް ދައްކަން ޖެހެނީ 508 ޑޮލަރެވެ. އަދި މީގެތެރޭގައި ހަތަރުދުވަހުގެ ހެނދުނު ނާސްތާވެސް ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ނަގާ ޓިކެޓުގައި ދަތުުރުކުރެވޭނެ އެންމެ ފަހު ތާރީޙަކީ ޖުލައިމަހުގެ ފަނަރަވަނަ ދުވަސް ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން އަންނަނީ ހަފްތާއަކު ހަ ދަތުރު ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް ކުރަމުންނެވެ.

މޯލްޑިވިއަނުން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ މާރޗުމަހުގެ ވިހިވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން ގެންދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ޙިދުމަތްވެސް މޯލްޑިވިއަނުންދަނީ ދެމުންނެވެ.