ވިޔަފާރި

އީރާނުން އެންމެ ގިނައިން ޓޮމާޓޯ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ


އިރާނުން އެންމެ ގިނަ އަދަދަކަށް ޓޮމާޓޯ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެޤައުމުގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވިޔަފާރި ޙަބަރު ގެނެސްދޭ އީރާންގެ ނޫހެއް ކަމަށްވާ 'ފައިނޭންޝަލް ޓްރިބިއުން' ގައި ބުނެފައިވަނީ މި އަހަރުގެ މާރޗުމަހުގެ އެކާވީހުން ފެށިގެން އޭޕްރީލްމަހުގެ ވިހިވަނަ ދުވަހާއި ހަމައަށް 98 ޓަނުގެ ޓޮމާޓޯ އީރާނުން އެކި ޤައުމުތަކަށް އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ. މިތަކެތީގެ އަގު ފަންސާސް ޕޮއިންޓް އެކެއް ހަތެއް މިލިއަން ޑޮލަރަށް އަރައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިރާނުން އެންމެ ގިނަ އަދަދަކަށް ޓޮމާޓޯ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނެއެވެ. ރާއްޖޭގެ އިތުރުން އަރްމޭނިއާ، އަފްގާނިސްތާން، ޔޫކުރެއިން، ޔޫ.އޭ.އީ، ޕާކިސްތާން އަދި އަޒަރްބައިޖާނަކީވެސް އީރާނުން އެންމެ ގިނައިން ޓޮމާޓޯ އެކްސްޕޯޓް ކުރާ ޤައުމުތަކެވެ.

މި މުއްދަތުގައި އިރާނުން ޓޮމާޓޯ އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަނީ އެގާރަ ޕޮއިންޓް ސުމެއް ހަތަރެއް އިންސައްތަ ވަނީ ދަށްވެފައެވެ. ނަމަވެސް އަގުގެ ގޮތުން ބަލާއިރު، ވަނީ ފަންސާސް ތިނެއް ޕޮއިންޓް ފަހެއް ހަތަރެއް އިންސައްތަ އިތުރުވެފައެވެ.