އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީ މުސްއަބު ޢަބްދުﷲ ސަސްޕެންޑް ކޮށްފިއެވެ. މުސްއަބް ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ މައްޗަށްތުޙުމަތު ކުރެވޭ މައްސަލަތަކެއް ތަޙްޤީގުކުރަމުންދާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
 އެހެންނަމަވެސް މުސްއަބުގެ މައްޗަށް ތުހުމަތުކުރަނީ ކޮން މައްސަލައެއްގައި ކަމެއް އިސްލާމިކް މިނިސްޓްރީން ވިދާޅެއް ނުވެއެވެ. މުސްއަބް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށް 30 ދުވަހަށެވެ. 
މުސްއަބު ސަސްޕެންޑުކުރި އިރު، މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިން މައްސަލާގައި ސިސިލްފަރު ގްރޫޕުން ވަނީ އިސްލާމިކް މިނިސްޓްރީ ޢާއި ދެކޮޅަށް ދައުވާކޮށްފައެވެ. ޢަދި މި މައްސަލާގައި ގިނަ ފާޑުކިޔުންތަކެއް މުސްއަބަށް ވަނީ އަމާޒުވެފައެވެ 
ޢިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުސްއަބް ސަސްޕެންޑްކުރިކަމަށް އަންގާ މިއަދު މެންދުރު ބާރަ ޖެހިއިރު ސިވިލް ސަރވިސް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ. 
އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީ މުސްއަބު ޢަބްދުﷲ  އެ މަޤާމަށް އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައެވެ.