ޚަބަރު

ނ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދަށް "ޔެލޯ އެލާރޓް"


ނ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފިއެވެ.

އެއިދާރާއިން ލަފާކުރާގޮތުގައި މިއަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށްލަފާކުރެވެއެވެ. އެހެންކަމުން މިއަދު މެންދުރު 11:00 އިން ފެށިގެން 15:00 އާ ހަމައަށް މިސަރަހައްދަށްވަނީ ޔެލޯ އެލާރޓް ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިގެންދާ މޫސުމީ ވިއްސާރާގައި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރާ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކުރެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤަޢުމީ އިދާރާއިން ވިދާޅުވެއެވެ.

މިއަދުގެ ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާތާއިންވަނީ ލަފާކޮށްފައެވެ.

އެގޮތުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމީނުގައިކަމަށް ލަފާކުރެއެވެ. އަދި އެހެން އަތޮޅު ތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ސާޅިސް ފަސް މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.