ވިޔަފާރި

ޓްރިޕް އެޑްވައިޒަރގެ ހޯލް އޮފް ފޭމްއަށް ރާއްޖޭގެ ސީކްރެޓް ޕެރަޑައިސް


ފަތުރުވެރިންގެ މެދުގައި މަޤްބޫލް އެމެރިކާގެ ޓްރިޕް އެޑްވައިޒަރގެ "ހޯލް އޮފް ފޭމް"އިން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ސީކްރެޓް ޕެރެޑައިސް ޖާގަ ހޯދައިފިއެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރިވިއުކުރާ ޓްރިޕް އެޑްވައިޒަރގެ ހޯލް އޮފް ފޭމްއިން ސީކްރެޓް ޕެރެޑައިސްއަށް ޖާގަ ލިބުނީ، ޓްރިޕް އެޑްވައިޒަރއިން ދޭ ސެޓްފިކްޓް އޮފް އެކްސްސެލަންސް ޖެހިގެން 5 އަހަރު ހޯދުމާ ގުޅިގެނެވެ. މިގޮތުން 2013، 2014، 2015، 2016 އަދި 2017 ވަނަ އަހަރު ޓްރިޕްއެޑްވައިޒަރގެ ސެޓްފިކެޓް އޮފް އެކްސްސެލެންސް ސީކްރެޓް ޕެރެޑައިސްއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން 2016، 2017 އަދި 2018 ވަނަ އަހަރު ސީކްރެޓް ޕެރެޑައިސްއަށް ވަނީ ޓްރެވެލާސް ޗޮއިސް އެވޯޑް ލިބިފައެވެ.

ސީކްރެޓް ޕެރެޑައިސްއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޮޓާތަކާއި އެކްސްކާޝަން ހަމަޖެއްސުމުގައި މަޝްހޫރު ކުންފުންޏެކެވެ.