ސިޔާސީ

މެންބަރުންނަށް މަރުގެ އިންޒާރު ދިން މީހާ ދެނެގަނެވިއްޖެ - މަރު ކޮމިޝަން


ދެހާސް ސާދަވަނަ އަހަރު މަޖިލިސް މެންބަރުންތަކަކަށް މަރުގެ އިންޒާރު ދިން މީހާ މަރުތަކުގެ ކޮމިޝަނުން ދެނެގަނެފިއެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 2014ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް މަރުގެ އިންޒާރު ދީފައިވާ އެ ކޮމިޝަނަށް އެނގިފައިވާ ކަމަށާއި އެހެންކަމުން މަރުގެ އިންޒާރު ލިބިފައިވާ ފަރާތްތަކުގެ ފޯނުގައިވާ ރެކޯޑުތައް އެ ކޮމިޝަނަށް ހިއްޞާ ކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އެސްއެމްއެސް މެދުވެރިކޮށް މަރުގެ އިންޒާރު ދީފައިވާ މެންބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރ އަދި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޝާހިދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރ އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ ކުރީގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ.