ކުޅިވަރު

ކުޅުދުއްފުށީ ހިރަފުސް ކަޕް މިފަހަރުވެސް މުޅި އަތޮޅަށް!


ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ ހިރަފުސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހދ އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް އިންތިޒާމްކުރަނީ ހިރަފުސް ފުޓްބޯޅަ ޓީމުންނެވެ.

މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ 12 ވަނަ އަހަރެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާވަނީ ހުށަހަޅާފައެވެ.

ޖޫންމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ 10 ވަނަ ދުވަހެވެ.