ޚަބަރު

ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި


ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އަންނަ ޖޫން މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 10 ވަނަދުވަހެވެ.

މުބާރާތް ފެށުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު ހަމަޖެހިފައިވާއިރު މިއީ ޑަބްލިއު ސްޕޯޓްސް އެކަޑަމީން ކުޅުދުއްފުށީގައި ބާއްވާ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތެވެ.

ޑަބްލިއު ސްޕޯރޓް އެކަޑެމީއަކީ ކުޅުދުއްފުށީގައި އެކި ކަހަލަ ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ.