ޚަބަރު

މާޔޫސްކަމާއެކު ރޯމާގެ ކޯޗްކަމުން ރަނިއެރީ އަލްވަދާއުކިޔައިފި


ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްނުދެވުމުގެ މާޔޫސްކަމާއެކު ޓީމްގެ ކޯޗް ކްލައުޑިއޯ ރަނިއެރީ ރޯމާއާ އަލްވަދާއުކިޔައިފިއެވެ.
ރޯމާއަށް ސެރީއޭ ސީޒަން ނިންމާލަން ޖެހުނީ 66 ޕޮއިންޓާއެކު ސެރީއޭ ތާވަލުގެ ހަ ވަނައިގަ. އެ ޓީމަށްވުރެ ތިން ޕޮއިންޓް އިތުރަށް ލިބިގެން ޗެމްޕިއަންސް ލީގްގެ ފަހު ޖާގަ ހޯދީ އިންޓަރ މިލާން.އެވެ
ޗެމްޕިއަންސް ލީގްގެ ޖާގަ ނުލިބުނު ނަމަވެސް ރަނިއޭރީ ކޯޗްކޮށްދިން ފަހު މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. ސެރީއޭ ސީޒަންގެ ފަހު މެޗްގައި ޕާމާއާ ވާދަކޮށް ރޯމާ ކުރިހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ ދާދި ފަހުން ކޮންޓްރެކްޓް އާ ނުކުރަން ޓީމުން ނިންމި 35 އަހަރުގެ ކެޕްޓަން ޑެނިއޭލް ދި ރޯސީގެ ފަހު މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. 18 އަހަރު ކްލަބަށް ކުޅެދިން ކުޅުންތެރިޔާއަށް މެޗްގެ ކުރިން ސަޕޯޓަރުން ވަނީ ޓްރިބިއުޓެއް ދީފައެވެ.
މެޗްގައި ރޯމާގެ ލަނޑުތައް ޖަހައިދިނީ ލޮރެންޒޯ ޕެލެގްރިނީ އަދި ޑިއޭގޯ ޕެރޯޓީ. ޕަރްމާގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާވީނޯއެވެ.